އަރަތް

އަހަރެންނަކީ ކާކުކަން ބުނެބަލަ؟ 02

އަހަރެންގެ ބޮލާއި ކަންފަތާއި ނޭފަތާއި އަނގަ އަދި ކޮޑާއި އަތްވެސް އަދި ފައިވެސް ހުރެއެވެ. އަހަރެން ކޮންމެ ދުވަހަކު ހެދުންވެސް ލަމެވެ. އެކަމަކު ފެންވަރާ ސެންޓުޖަހައި ނަހަދަމެވެ. އަހަރެންނަށް މީހެއްގެ އެހީގައި ނޫނީ ތަންތަނަށް ދެވޭ ގޮތެއް ނޯވެއެވެ. އެހެނަަސް ވަރަށް ގިނަ މީހުންނާއި އަހަރެން ކޮންމެ ދުވަހަކުވެެސް ބައްދަލުވެއެވެ. އެކަމަކު އެއިން އެކަކާވެސް ވާހަަކައެއް ނުދައްކަމެވެ. އެކަމަކު އެމީހުން އަހަރެންނާއި ވާހަކަ ދައްކާހެންވެސް ހީވެއެވެ. އަހަރެންނަކީ ކާކުކަން ބުނެބަލަ؟

އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close