ރެސިޕީ

ނާރެސް ރޯދަސުފުރާ – ކެރެޓް ރޯލްސް

ނާރެސް ރޯދަސުފުރާއިން މިއަދު މިގެނެސްދެނީ ރޯދަވީއްލަން އެންމެ ގިނަބަޔަކަށް ކަމުދާނެ އެއް ހެދިކާއެވެ. “ކެރެޓް ރޯލްސް” އެވެ. މިއީވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހެދިކާއެކެވެ. ރޯދަމަހަށާއި، އެނޫން ދުވަސްތަކުގައިވެސް ވަރަށް ކަމުދާނެއެވެ. އަނގަޔަށް މީރުވާނެއެވެ. ލުއިކާނާއެކެވެ. ތަރާވީސް ގަޑީގައިވެސް މި ހެދިކާގެ އަޖުމަބަލައިލުމަކީ ރަނގަޅު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ބޭނުންވާތަކެތި

1 ކެރެޓް

1 ފިޔާ

2 ލޮނުމެދު

1 ގިތެޔޮމިރުސް

2 ހިކަނދިފަތް

1 ދަޅު މަސް

1 ސޫޕްޕެކެޓް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

ފުރަތަމަ ކެރެޓް ގަނާލާށެވެ. ފިޔާ، މިރުސް، ހިނކަދިފަތް  އަދި ލޮނުމެދު ކުދިކޮށް ކޮށާލުމަށްފަހު ކުޑަތެޔޮފޮދެއް ތަވަޔަކަށް އެޅުމަށްފަހު ރަތްކޮށްލާށެވެ. ދެން ފިޔާކޮޅު ރަނގަޅަށް ރަތްވުމުން ގާނާފައި ހުރި ކެރެޓްކޮޅު އަޅައި އެއްކޮށްލާށެވެ. ކުޑައިރުކޮޅެއް ވަންދެން މަޑުގިނީގައި މަތީޖަހާފައި ބަހައްޓައިލާށެވެ. އެއަށްފަހު މަސްދަޅު އަޅައިލާށެވެ. ދެން ސޫޕްޕެކެޓާއި، އެކު ލޮނުކޮޅެއް އަޅައިގެން ލޮނުހެޔޮވަރުކޮށްލާށެވެ. އަދި ރީތިކޮށް އެއްކޮށްލާށެވެ. އޭރުން އެހެރީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ފުށްގަނޑު ތައްޔާރުކުރާށެވެ. ފުށްގަނޑު ތައްޔާރުކުރާނީ އާދައިގެ ރޮށި ފިހަން ފުށްގަނޑު މޮޑޭގޮތަށެވެ. ދެން ގުޅަވަށައި ބޭނުންވާ ސައިޒަކަށް ރޮށިދަމާށެވެ. ދެން އޭގެ ފަހުގައި ރޮށިފަތުރާލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްގަނޑުން އޭގެމައްޗަށް އަޅައި އާދައިގެ ރޯލްސް ހަދާގޮތަށް އޮޅާލުމަށްފަހު ރަނގަޅަށް ބަންދުކޮށްލާށެވެ.

އޭގެފަހުގައި ތެޔޮ ތާސް ހޫނުކޮށްލުމަށްފަހު ތެޔޮގަނޑަށް އަޅާށެވެ. މަޑުގިނީގައި ބަހައްޓައިގެން ތެލުލާށެވެ. ރޯފިލީމާ ނަގާށެވެ. މިހާރު ތިހުރީ ރޯލްސް ތައްޔާރުކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close