ޚަބަރު

މާމެންދޫގައި ތޫނު އެއްޗަކުން ހަމަލާދީ ފުރާވަރުގެ ކުއްޖަކު މަރާލައިފި

މާމެންދޫގައި ރޭ ހިނގާފައިވަނީ ދެ ގުރޫޕްދެމެދުގައި ހިނގި ހަމަނުޖުމެއްގެ ތެރެއިން ހިނގާފައިވާ މާރާމާރީއެކެވެ.

އެއްބަނޑު ދެކެދިންގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ވަނީ ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ. އަނެއްމީހާވެސް އޮތީ ސީރިއަސް ހާލަތުގައެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މަޢުލޫމާތު ލިބިގެން ރޭ 10:10ހާއިރު ފުލުހުން އެކަން ބެލުމުގައި ހަރަކާތްތެރިވެފައިވެއެވެ. މިމަރާމާރީގައި ހިމެނޭ ބައެއް މީހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.

މާމެންދޫގައި ހުރި އަޅުގަނޑުމެންގެ ރައްޓެއްސަކު ބުނީ ރޭ އެ ރަށުގައި ހިނގި މާރާމާރީއަކީ ޒަމާންތަކެއް ވަންދެން ދެ ގްރޫޕެއްގެ ދެމެދުގައި އޮތް ރުޅިވެރިކަމަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކައިރި ރަށްތަކުން މާމެންދޫ އަށް ފުލުހުން ގޮސްފައިވާ ކަމަށެވެ.  

ސީޕީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާނީ ފުލުހުންގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން ކަމަށެވެ. އެގޮތުން އެ ޑިޕާޓުމަންޓުގެ ޓީމެއް މިއަދު ހެނދުނު އެރަށަށް ދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close