ޚަބަރު

“ޑްރަގު ކެފޭ” ހިންގާ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފި

މާލޭގައި “ޑްރަގު ކެފޭ”ތައް ހިންގާ ގެތަކުގެ ތެރެއިން 3 ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ ދައުވާ ކުރަން ފޮނުވާފައިވަނީ މ.ބްރައިޓް ފްލާވާއާއި، ގ.ފްރެޝް ލައިޓުގެ އިތުރުން ގ.ހިލާލުގޭގެ ވެރިފަރާތުގެ މައްޗަށް ކަމުގައެވެ. ފުލުހުން މާލޭގައި ހިންގި މި އޮޕަރޭޝަންގައި ޑްރަގުގެ ވިޔަފާރިކުރާ 21 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، އޭގެ ތެރެއިން 16 ތަނެއްގެ ވެރިންގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ކަމަށް ޕީއެސްއެމް ނިއުސްގައި ބުނެފައިވަނީ މީގެ ތެރެއިން ބައެއް ތަންތަން މިހާރު ގޭގެ ވެރިން ބޭނުން ވެގެން ފުލުހުންގެ އެހީތެރިކަމާއިއެކު ބަންދު ކޮށްފައިވާކަމަށެވެ. އަދި މިހާރު ނޯޓިސް ނުދެވި ވަނީ 5 ތަނެއްކަމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންނުން 768 މީހަކު ވަނީ ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ބަލާ ފާސްކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާވެސް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ އެއްޗެހިވެސް އެތަންތަނުން ފުލުހުން ހޯދިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close