ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ހަމަލާއާއި ގުޅިގެން އިތުރު ބަޔަކު ޙައްޔަރުކޮށްފި
ހަރުކަށި ފިކުރުގެ ބަޔަކު ދިވެހިރާއްޖޭގައި ހިންގަން އުޅުނު ޓެރަރިޒަމް އަމަލާއި ގުޅިގެން އިތުރު ދެ ދިވެހިން ޙައްޔަރުކޮށްފިއެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލާގައި އިތުރު ދެ ދިވެހީން މިއަދު ޙައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 28 އަހަރާއި އުމުރުން 34 އަހަރުގެ ދެ ފިރިހެނުންނެވެ.
މިމައްސަލާގައި މީގެކުރިން 6 މީހަކުވަނީ ޙައްޔަރުކޮށްފައެވެ. އަދި އެއީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރާއި 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކުރިން ޙައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން 18 މީހާގެ ބައްދަން 5 ދުވަސް އަދި ބާކީ އެހެން މީހުންގެ ބައްދަށް 15 ދުވަސް ކޯޓުންވަނީ ދީފައެވެ.
މިއޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައިއެވެ.
މީގެކުރިންވެސް ދިވެހި ފުލުހުންވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުން ރާވަމުންދިޔަ ބަޔެއް ކަންކަން އެކަންކަން ހިނގުމުގެ ކުރިން ހުއްޓުވައިފައިކަން ފާހަގަކޮށްލެވެއެވެ.




Harukaci fikuru meehun hayyaru kuraairu key vethow meehuge iha dharin rip kuraa meehun hayyaru nukuranee??