ޅެން

މިހިތަށް ހީކުރެވުނޭ

ދާނޭދިމާ ހަމަނޭނގިފައި، ފިޔަވަޅުމަތީ ނެގި ހުރެވުނޭ

                  ވާނޭ މަށާ އެކުގައި މިތާ، މުޅިޢުމުރުގައި ހީކުރެވުނޭ

            ވަކިކޮށް ހިތާ ތިޔަލީ ދުރަށް، ދެގޮތެއް ނުވާ ނޭ ބުނެކަލާ

                ރަކިހިނި ހެމުން ތިޔަލޯ މެރީ، އުފަލުން ކަމަށް ހީކުރެވުނޭ

             ބަލިކަށި މިހިތް ވީރާނަވީ، މިހިތަށް ލިބޭ އަނިޔާތަކުން

                    ބަލިހާލުފެނި މިދެލޯ ފުހެން، އަންނާނެޔޭ ހީކުރެވުނޭ

            ފުން ނޭރުނޭ ލޭ ކޯރަކުން، ފީނާފަތާ ވަރުބަލިވަނީ

           ފުން ލަފުޒަކުން އިއްވާލިޔަސް، އޮޅިދާނެޔޭ ހީކުރެވުނޭ

ޝަކުވާ ކުރަން ބޭނުންވިޔަސް، އެކަމެއްނެތޭ ކުރެވޭކަށެއް

                    އަކުރާއި ފިލި ވަކިކޮށްނުލާ، އިއްވުނުކަމަށް ހީކުރެވުނޭ

             ވައުދެއް ކުރީ އުފަލުންއެކީ، ވާށޭ މަށާ އެކުގައި ހިތާ

                ދައުރުވެ މިދާ ދުނިޔޭގެ ކުލަ، ބަދަލެއް ނުވޭ ހީކުރެވުނޭ

           އަހަރެން ދުލުން ބުނެ އިއްވަމޭ، ހިތް އެކަނިކޮށް ދުރުކޮށްލުމުން

                 އަހަރެއް ވިޔަސް އެކަމެއް ހިތުން، ނުފިލާނެއޭ ހީކުރެވުނޭ

           އެދެމޭ ހިތުން ލޯބިން މުޅިން، ފޮރުވާނަމޭ އުއްމީދުގައި

                       އެދެމުން މިދާ މިތުރާ މަގޭ އަންނާނެއޭ ހީކުރެވުނޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close