މިއީ ތެދެކޭ…!
ހިތުން ކުރިހާ ސުވާލަށްވެސް ޖަވާބެއް ނުލިބުނޭ ތެދެކޭ،
ހިތުގެ ގުޅުމެއް ކެނޑޭނޭގޮތް އޮވޭހޭފަހެ ބުނާތެދެކޭ.
ޒަމާންމިގޮތަށް ބަދަލުވެދިޔަސް ހިތެއް ބަދަލެއް ނުވެސްވާނޭ،
ޒަމާންވީ ލޯބި އެގޮތަށްހަމަ އޮވޭނޫންހޭ މިއީތެދެކޭ.
ހިތާ ސިކުނޑީގެ ބާޒާރުން އަގެއްނެތުނަސް ބައެއްފަހަރަށް،
އަތާއަތްޖޯޑު ކޮށްލެވުމުން ހިތަށްލަނޑުދޭ މިއީތެދެކޭ.
ވެވޭ ލޯބީގެ ފަރުދާނެގި އަތުން ކެހިގެން އެދާދިއުމުން،
ހެވޭހީކޮށް އެހެންހުއްޓަސް ހިތަށްތަދުވޭ މިއީތެދެކޭ.
ކިތަންމެރެއެއް އެހެންއެގޮތަށް ނުނިދިހޭލާ އޮތަސްއެނދުގައި،
ހިތަށްވެރިވާ ޝުޢޫރުތަކަށް ބަދަލުނާދޭ މިއީތެދެކޭ.
މިހެން މިކުރާ ޝިކާޔަތަކަށް ލިބެންބޭނުން ޖަވާބެއްނެތް،
މިހެން މިޙަޔާތު އޮވެގެންނިމި ހިނގައިދާނޭ މިއީތެދެކޭ.
އިރާދަފުޅާއި ‘އިދިކީއްޔަށް’ ހިނގާހެކަމެއް މިތާދުނިޔޭން،
އިރާހަނދު ފަލަކުގައި ހިނގަނީ ނެތަރުތީބުން މިއީތެދެކޭ