މިއަދު ޕޮޒިޓިވް ވީ 66 މީހުން
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 66 މީހުންނެވެ. އެހެންކަމުން މިއަދު ވެގެން މިދިޔައީ މިމަސް ފެށުނުފަހުން ރާއްޖެއިން އެންމެ މަދުން ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މިއަދު ޕޮޒިޓިވްވި އެންމެންނަކީވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ ޖުމުލަ 5223އަށް އިތުރުވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިއާގެ 2 މީހުންނެވެ.
ފަސް ހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، ގިނައީ ދިވެހިންނެވެ. މިހާތަނަށް 2855 ދިވެހިންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދަކީ 2368އެވެ.
