ޚަބަރު

އަދީބުގެ ޝަރީޢަތުގެ މަޖްލިސް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން ކުރާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ހުށަހެޅިފައިވާ މި މައްސަލަތަކުގެ ޝަރީއަތް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށްވެސް ކްރިމިނަލްކޯޓުން ތާވަލުކުރިއެވެ. އެހެންނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވުމުން އެ އޮފީސް ޑިސްއިންފެކްޓްކުރަން ޖެހިގެން އެދުވަހުގެ ޝަރީއަތުގެ މަޖިލިސްވަނީ ކެންސަލްކޮށްފައެވެ.

މަދާމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ. މި އަޑުއެހުންވެސް އޮންނާނީ އޮންލައިކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއް ހިމެނެއެވެ. މީގެއިތުރުން މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަގައި އަދީބުގެ މައްޗަށް އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އެހެންނަމަވެސް މަތީ ކޯޓްތަކުން އެހުކުމްތައް ވަނީ ބާތިލުކޮށްފައެވެ. އަދި އަދީބު މިވަހުތު ހުންނެވީ ގޭ ބަންދުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close