ޚަބަރު

އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅިރާއްޖެ ހަމަނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށްބޮޑު ގޯހެއް – ރައީސް ނަޝީދު

އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅިރާއްޖެ ހަމަނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާއި، މީހުން މަރާށާ އަނިޔާވެރިކަމަށް ގޮވަލާ އެންމެހައި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެކަމަށް ރައްޔިތުންގެ މަޖްލިސްގެ ރައިސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއެޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދާދި ދެންމެއަކު އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވިޓަކުންނެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅުދައްކަވާ ޓްވީޓް ކުރެއްވީ ބެލެވޭގޮތުގައި މިހާރު ރާއްޖޭގެ ގިނަރަށްރަށުގައި އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އަޑުއުފުލާ ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރަށްވާފައެވެ.

ނަޝީދުގެ ޓްވިޓް ގިނަބަޔަކު ރީ ޓްވީޓް ކުރަމުންދާއިރު އަނެއްބަޔަކު ދަނީ އެޓްވީޓަށް ލައިކްވެސް ދެމުންނެވެ. އަދި އެޓްވިޓަށް ރައްދުދީ ކޮމެންޓްތައްވެސް ވަރަށް ގިނައިން އެބައާދެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ނަބިއްޔާގެ ދިފާޢުގައި ހިނގާލުންތައް ބާއްވަމުންދާއިރު ފުލުހުންދަނީ އެމްޑީއެންގެ އިސްމީހުންނާ ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށް އަންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close