ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުންދާތީވެ ގދ. ތިނަދޫގައި ކާފިއު ހިންގަން ފަށައިފިއެވެ.
ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެރަށުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.
އެރަށުގައި ކާފިއު ހިންގަން ނިންމާފައި ވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން އިއްޔެ އެކަނިވެސް 48 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެރަށުގައި މިހާރުވެސް ބަލި ޖެހިފައި ތިބި 161 މީހަކު އެބަތިއްބެވެ.
One Response
ތިޔަށްވުރެ ރަނގަޅުވާނެ ދަންވަރު 2ން 4އަށް