ޚަބަރު

ޙައްޖުވެރިން މިނާއިން މައްކާއަށް ދާން ދަތުރު ފަށައިފި

މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު މިނާ އިން މައްކާ އަށް ދާން ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖުވެރިންގެ ހާލުވެސް، އެންމެ ހައްޖުވެރިއެއް ފިޔަވައި، ރަނގަޅު ކަމަށާއި ޙައްޖުކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ރާއްޖޭގެ ހައްޖުވެރިންގެ ތެރެއިން އެކަކަށް އާދީއްތަ ދުވަހު ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތަކަށް ދިއުމުން މިނާގެ “އަލް ވާދީ ހޮސްޕިޓަލް”ގައި ވަނީ އެޑްމިޓްކޮށްފަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފިޔަވައި އެންމެހާ ހައްޖުވެރިންގެ ހާލުވެސް އާއްމުގޮތެއްގައި ރަނގަޅެވެ.

ކޯމާގައި އޮތީ ފ. ދަރަނބޫދޫ ސީމާ މޫސާ، 38، އެވެ. އޭނާއަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓައި ކަމަށް ހައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close