ޚަބަރު

ފަތުރުވެރިކަމާ ގުޅޭ ، ދުނިޔޭގެ ރެކޯޑެއް ރާއްޖެއިން ހަދަނީ

ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް މާލެ ވަށައި މޫދުގައި ހިއުމަން ރިންގެއް އެޅުމަށް ރާއްޖެއިން ނިންމައިފިއެވެ. އަދި މީގެ އިތުރުން ފްރީ ޑައިވް ވޯރލްޑް ޗެމްޕިއަނުންނާއެކު ރާއްޖޭގެ ރިސޯޓެއްގައި ފްރީ ޑައިވް ވަރލްޑް ރިކޯޑް އެޓެމްޓެއްގެ މަސައްކަތް ކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ކުރެހުންތެރިންގެ މަޢުރަޒަކާއި ބޮއްކުރާ ރޭހަކާއި ކިޑްސް ފިއެސްޓާރ އެއްގެ އިތުރުން ދިވެހި ޘަޤާފީ ކެއުންތައް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ބޭނުންކުރެވޭ މިންވަރު ދައްކާލުންވެސް އޮންނާނެއެވެ.

އަދި މީގެއިތުރުން ކިޑްސް ފިއެސްޓަރއެއް ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކިޑްސް ފިއެސްޓާއިން ހޮވާ އެންމެ މޮޅު ކުއްޖަކަށް ދުބާއީގެ ސްޕެނިޝް ސޮކަރ ސްކޫލްގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީސް ވަޏީ ހުޅުވާލައްވާފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރާއިރު، މިއީ މިހާ ފުޅާގޮތެއްގައި މިކަން ފާހަގަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close