ޚަބަރު

ފަނޑިޔާރު ޑީޑީގެ ތަހްޤީޤު އޮންނާނީ ދަރުބާރުގޭގައި – ވީހައިވެސް ގިނަބަޔަކަށް ވަނުމުގެ ފުރުޞަތު އޮންނާނެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ކުރިއަށްގެންދާ ތަހުގީޤު އޮންނާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ކަމަށާއި، ވީހާގިނަބަޔަކަށް ވަނުމުގެ ފުރުޞަތު ދޭނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން)ބުނެފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ތަހުގީގަށް ވަނުމުގެ ފުރުޞަތު މާދަމާ ހެނދުނު 9:00 ފެށިގެން އާންމުންނަށް ހުޅުވާލާނެކަމަށް ޖޭއެސްސީން ބުނެފައިވާއިރު މި ތަޙްޤީޤު ކުރިއަށްދާއިރު، ތަޙްޤީޤަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ފަނޑިޔާރު ދީދީގެމައްޗަށް މާދަމާ ކުރާ ތަހުޤީޤު ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދީދީ ޖޭއެސްސީގައި އެގޮތަށް އެދިވަޑައިގެންފައިވާތީއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖެއްސެވި މައްސަލަ ތަހްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަން ޖޭއެސްސީން ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

އެކޮމިޓިގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް ފިޔަވައި ކޮމިޝަނުގައި ދެންތިއްބެވި ހުރިހާ މެންބަރުން ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close