ކޮޅުވެއްޓީގައި މަރުވެފައި އޮއްވާފެނުނީ ކެޕްޓަން
ލ.މާވަށް ކައިރީގައި އަޅާފައި އޮތް ކޮޅުވެއްޓި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ކޮޅުވެއްޓީގެ ކެޕްޓަނެވެ.
މަރުވެފައި އޮތްވާ ފެނުނީ ބ.އޭދަފުށީ ގުލިސްތަނުގޭ އުމުރުން 59 އަޙްމަދު ނަސީމެވެ. ފުލުހުން ބުނީ މަރުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށާއި މިހާތަނަށް ބެލިބެލުމުން އޭނާ މަރުވެފައިވަނީ ގުދްތަރީ މަރަކުންކަމަށް ބެލެވޭކަމަށެވެ.
ކޮޅުވެއްޓި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނަސީމަކީ ކޮޅުވެއްޓީގެ ކެޕްޓަނެވެ. އަދި އޭނާ މަރުވެފައި އޮތްކަން އެނގުނީ ރޭ ދަންވަރު ކޮޅުވެއްޓި ފުރަން އޮތް ގަޑިއަށް ނުފުރުމުން ފަޅުވެރިން ގޮސް ބެލިބެލުމުންކަމަށް މަޢުލޫމާތު ލިބެއެވެ. ނަސީމުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.

