ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ 93 މައްސަލައެއް ޖުލައިމަހު ހުށަހަޅާފައިވޭ – ޖެންޑަރ

މިދިޔަ ޖުލައި މަހު މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 170 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 93 މައްސަލަ ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާންމު ކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައާއި އިހުމާލުވުމުގެ 20 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 4 މައްސަލައަކާއި ނަހަމަގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަވެސް ހިމެނއެވެ. މީގެ އިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާ އާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަވެސް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު ޖުލައި މަހު ހުޑަހެޅުނު މައްސަލަ ތަކުގެ ތެރޭގައި އާއިލީ މައްސަލަތަކުގެ 19 މައްސަލަވެސް ހިމެނެއެވެ. މީގެ ތެރޭގައި ކުދިން ބެލުމާއިގުޅޭ 7 މައްސަލަ އާއި ދަރިންނަށް ޚަރަދު ދިނުމާއިގުޅޭ 6 މައްސަލައިގެ އިތުރުން ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވުމާއިގުޅޭ 5 މައްސަލަވެސް ހިމެނެއެވެ.

މި މައްސަލަ ތަކުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 29 މައްސަލަވެސް ޖުލައި މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތައްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ ގޮތުން މި ބާވަތުގެ 12 މައްސަލަ ޖުލައި މަހުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 11 މައްސަލައާއި ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އާއި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 1 މައްސަލަވެސް ހިމެނެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލަވެސް ހިމެނެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއިގުޅޭ 10މައްސަލައަކާއި، ކުޑަކުދިން ކުށްކޮށްގެން ހުށައަޅާފައިވާ 4 މައްސަލައާއި، ކުޑަކުދިންގެ އަޚްލާގާއިގުޅޭ 5 މައްސަލައަކާއި، ޙައްޤުތަކުން ކުޑަކުދިން މަޙުރޫމުކުރުމުގެ 4 މައްސަލަވެސް ހުށައަޅާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close