އެކަށީގެންވާ “ޕްލެޓްފޯމެއް” ނެތިގެން ރިޔާޒަށް ހާމަނުކުރެވުނު މަޢުލޫމާތު، އެންމެފަހުންވީ ހުސްވާހަކަފުޅަކަށް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލާގައި ހާމަކުރަންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާ ޕްލެޓްފޯމެއް ލިބުމުން ހާމަކުރައްވާނެކަމަށް ، ކުރީގެ ޕޮލިސްކޮމިޝަނަރ އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަބްދުﷲ ރިޔާޒް ވިދާޅުވަމުން އައި ވިދާޅުވުން ހުސްވާހަކަފުޅަކަށް ވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެމަނިކުފާނަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށެވެ. އެއީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި މަޢުލޫމާތުތައްކަމަށާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެއްލެވުމަށް ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޙިއްސާކުރައްވަންޖެހޭ އައު މަޢުލޫމާތެއް ނުހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރިޔާސީ ކޮމިޝަނުން މަޢޫލޫމާތެއް ފުލުހުންގެ އިދާރާއިން ހޯއްދަވާފައިވާކަމަށް ޤަބޫލުކުރައްވާކަމަށް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ ބައެއް މީހުންގެ މައްސަލަތައް ތަޙްޤީޤު މަރުހަލާގައި އޮތުމުން އެވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަވަން ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް ކުރިން ވިދާޅުވީ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށާއި މިހާތަނަށް އެފަދަ “ޕްލެޓްފޯމެއް” ނެތްކަމަށެވެ. ނަމަވެސް، އޭގެ ފަހުން އަހަރުތަކެއް ފާއިތުވިއިރުވެސް އެ މަޢުލޫމާތެއް އޭނާ ހާމަކުރައްވާފައެއްނުވެއެވެ. އަދި އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާތީ ރިޔާޒަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
“އަޅުގަނޑު ޤަބޫލުކުރަނީ އެ މަޢުލޫމާތު އެ ކޮމިޝަނަށް ބޭނުންވަންޏާ ހުރިހާ މަޢުލޫމާތެއް ފުލުހުން އެއޮތީ ފޯރުކޮށްދީފައޭ. އަޅުގަނޑުގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އޮތްނަމަ އަޅުގަނޑު ޤަބޫލުކުރަނީ ވިދާޅުވާނެކަމަށް،” ރާއްޖެ މިއަދު ޕްރޮގްރާމުގައި ރިޔާޒް ވިދާޅުވިއެވެ.
އަމިއްލަފުޅަށް އިސްނަންގަވައިގެން ރިޔާސީ ކޮމިޝަނަށް މަޢުލޫމާތު ޙިއްސާކުރެއްވުމުގެ ވިސްނުންފުޅެއްހުންނެވިތޯ ސުވާލުކުރުމުން ރިޔާޒް ވިދާޅުވީ އެފަދަ ވިސްނުމެއް ނެތްކަމަށާއި ނަމަވެސް ކޮމިޝަނުން އެ މަޢުލޫމާތު ހިއްސާކުރައްވަން ބޭނުންވެއްޖެނަމަ ހުރިހާ މަޢޫލޫމާތެއް ޙިއްސާކުރައްވާނެކަމަށެވެ.
“އެ ވިސްނުން އަލުގަނޑަށް ނައީ އަޅުގަނޑު ހުރި އިންސްޓިޓީއުޓްގައި ހުރިހާ މަޢުލޫމާތެއް ހުންނާނެތީވެ. އަޅުގަނޑު އަމިއްލައަށް ދާންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލުނުކުރަމޭ. އެއީ އަޅުގަނޑު ކޮމިޝަނަރަކަށް ހުއްޓާ ލިބުނު މަޢޫލޫމާތެއް ހުރިހާއެއްޗެއް، ހުރިހާ މަޢުލޫމާތެއް ހުރީ ފުލުހުންގެ އިދާރާގައި. އިތުރުކަމެއް ސާފްކުރަން އޮތްކަމަށް ޤަބޫލެއް ނުކުރަން.”
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް ވީޑިއޯއެއް ޢާންމުކޮށްފައެވެ. އަދި ހޯދަން އިއުލާނުކުރި ދެ މީހުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތު މިހާރު ލިބިފައިވާކަމަށްވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.

ނޫސްވެރިކަމުގެ ގަވާއިދުތަކާއި އުސޫލުތައް ދަންނަ މީހަކު ލިޔެފައިވާ ސުރުޚީއެއްކަމަށް ނުބެލެވޭ.
ރިޔާޒަކީ ހަމަ ބުނަން ނުވާވަރު މީހެއް. ކޮންމެފަދަ ވާހަކައެއްވެްސް ދައްކަފާނެ