ޚަބަރު

ދެ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަނުކުރާގޮތަށް ނިންމައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި އިތުރު ދެ ކެންޑިޑޭޓަކު ވާދަނުކުރައްވާނެކަމަށް ނިންމަވައި އެދެބޭފުޅުންގެ ނަން ނަންގަވައިފިއެވެ.

އެޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔަ ދެ ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ވާދަކުރާ ޒާހިދު ރަމީޒާއި ލޭބަރ ޕާޓީގެ ފަރާތުން ގެމަނަފުށީ ދާއިރާ އަށް ވާދަކުރާ މުހައްމަދު އިލްހާމެވެ.

ނަން އަނބުރާ ގެންދިޔަ ޒާހިދު ބުނީ އޭނާ ނަން އަނބުރާ ގެންދިޔަ ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ކުރުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ގެމަނަފުށީ ދާއިރާއަށް ވާދަކުރުމަށް ލޭބަރ ޕާޓީން ނިންމި އަދި މިހާރު ނަން އަނބުރާ ނަގާފައިވާ މުޙައްމަދު އިލްޙާމް ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރާ ޙުޞައިން ޞާލިޙަށް ތާޢީދު ކުރުމަށް ނިންމާފައެވެ. މި ދެ ކެންޑިޑޭޓުންގެ އިތުރުން އެމްޑީޕީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާ ކެންޑިޑޭޓުވެސް ވަނީ އޭނާގެ ކެންޑިޑެސީ އަނބުރާ ގެންގޮސްފައެވެ.

މަޖިލިސް އިންތިޚާބުގައި 389 ކެނޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަނުން ވަނީ މީގެކުރިން ބުނެފައެވެ. ނަން އަނބުރާ ގެންދިޔަ ތިން ކެންޑިޑޭޓުންނާއި އެކު މިހާރު މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 386 ކެންޑިޑޭޓުންނެވެ.

އެއް ކޮމެންޓް

  1. ލާރި ކޮޅެއް ބޭނުމުގައި ބައިވެރިވީ ރަނގަޅު އަގެއް މަހުޖަނު އަތުން ލިބުނީމައި ދޫކޮއްލަންވީނުން..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close