މުނިފޫހި

ފްރޯޒަންގެ 2 ވަނަ ބައި ސިނަމާތަކަށް އަންނަނީ

ލެޓް އިޓް ގޯ ގެ ލަވައިން އެންމެންގެ މަގުބޫލުކަން ހޯދި ކާޓޫނު “ފްރޯޒަން” ގެ ދެވަނަ ބައިގެ ޓީޒާ ދައްކާލައިފި އެވެ.

ޑިޒްނީގެ ފްރޯޒަން ސިނަމާތަކަށް އައީ މީގެ 6 އަހަރު ކުރިންނެވެ. 2013 ވަނަ އަހަރަށްފަހު އަދިވެސް މި ކާޓޫނަކީ ކުޑަކުދިންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ކާޓޫނެކެވެ.  މި އަހަރުގެ ފަހުކޮޅުގައި ނިކުންނަން ހަމަޖެހިފައިވާ މި ފިލްމްގެ ޓީޒާ އިން ފެނިގެންދަނީ އެލްސާ އޭނާގެ ކޮއްކޮ އާނާ އާއި ކްރިސްޓޮފް އާއި އަލުން ބައްދަލުވާ މަންޒަރެވެ. އަދި އެ ތިން މީހުންގެ އެމީހުންގެ ރަށް ކަމުގައިވާ އެރެންޑެލް އާއި ދުރު ތަނަކަށް ކުރާ ދަތުރުގެ އުސްއަލިތައް ވެސް ޓީޒާ އިން ފެނިގެންދެއެވެ.

މި އެނިމޭޓެޑް ފިލްމް ޑައިރެކްޓްކުރަނީ ޖެނިފަރ ލީ އާއި ކްރިސް ބަކް އެވެ. އަދި ފިލްމްގެ ލަވަތައް ލިޔެދީފައި ވަނީ ކްރިސްޓެން އެންޑަރސަން-ލޮޕެޒް އާއި ރޮބާޓް ލޮޕެޒް އެވެ. މީގެ އިތުރުން މި ފިލްމްގައި އާނާގެ އަޑު އަޅައިދީފައި ވަނީ ކްރިސްޓެން ބެލް ކަމުގައިވާއިރު، އޯލާފްގެ އަޑު އަޅައިދީފައި ވަނީ ޖޯޝް ގެޑް އަދި ކްރިސްޓޮފްގެ އަޑަކީ ޖޯނަތަން ގްރޮފް އެވެ.

ކާޓޫނުގެ މަގުބޫލުކަން މުޅި ދުނިޔޭގައި ފެތުރި މި ކާޓޫނަށް ވަނީ 876 މިލިއަން ޑޮލަރުގެ ފައިދާއެއް ވެސް ޖެހިފަ އެވެ. އަދި އަހަރުގެ އެންމެ މޮޅު އެނިމޭޓެޑް ކާޓޫނުގެ ޝަރަފު އޮސްކާއިން ހޯދާ ކާޓޫނުގެ ލަވަ “ލެޓް އިޓް ގޯ” އަށްވެސް އޮސްކާގެ އެންމެ މޮޅު ލަވައިގެ އިނާމު ލިބުނެވެ. 


“ފްރޯޒަން” ގެ ދެވަނަ ބައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމެވެ. ކުރިން އެއް ވަނާގައި އޮތް “ޓޯއީ ސްޓޯރީ 3” ގެ މައްޗަށް “ފްރޯޒެން” ކުރި ހޯދާފައި ވަނީ 1.2 ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ނަގައިގެންނެވެ. މި ކާމިޔާބީއާ އެކު މި ފިލްމު ވަނީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓްގެ ފަސް ވަނަ އަށް މިހާރު އަރައިފަ އެވެ. މިއީ އެންމެ ވިޔަފާރި ކާމިޔާބު ފިލްމުތަކުގެ ލިސްޓްގެ ގަދަ 10 އެއްގައި ހިމެނޭ އެނިމޭޓް ހަމައެކަނި ފިލްމު ވެސްމެ އެވެ. އެހެންކަމުން މިއަހަރު ނިކުންނަ އެންމެ ކާމިޔާބު އެނިމޭޓޭޑް ފިލުމަށް “ފްރޯޒަން 2 ” ވުމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close