އިމާމު ކޯސް ލެވެލް 3 ބްލޮކު މޯޑަށް ލަންދޫގައި ފަށަނީ
އީފިއަސް ކޮލިޖިއޭޓާއި ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓާއި ގުޅިގެން ނ.ލަންދޫގައި އިމާމު ކޯސް ލެވެލް 3 ބްލޮކުމޯޑަށް ފެށުމަށް ނިންމައިފިއެވެ.
ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހަކީ ނ.އަތޮޅުގެ އެކިއެކި ރަށްރަށުގެ ގިނަ ބަޔަކު އެދިގެން ހިންގުމަށް ހަމަޖެހުނު ކޯހެއްކަމަށާއި މީހުން ހަމަވިހާ އަވަހަކަށް ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޯހުގެ ގަޑިތައް ކުރިއަށްދާނެގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޢަލީ ޒިޔާދު ވިދާޅުވީ ކޯހުގެ ގަޑިތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައި ކަމަށެވެ. އެގޮތުން ގަޑިތައް ފަށާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުކަމަށާއި އެއަށްފަހު ހުކުރު ދުވަހުގެ ހެނދުނާއި މެންދުރު އަދި ރޭގަނޑުވެސް ގަޑިތައް ކުރިއަށްދާނެކަމަށެވެ.
މިކޯހުގެ މުއްދަތަކީ 6 މަސްދުވަސްކަމަށާއި ކޯހަށް ވަނުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.
މިކޯހާއި ބެހޭ އިޢުލާން ރަށްރަށުގައި އިޢުލާންކޮށްދެއްވުމަށް ނޫނު އަތޮޅުގެ ގިނަ ރަށްރަށެއްގެ ކައުންސިލްތަކަށް މެއިލްކުރެވިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.


ހުރިހާ އިމާމުންވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ މިފަދަ ފަތުވާތަކަށް ޢަމަލު ކުރައްވަން ފަސްނުޖެހޭނަމަ ވަރަށްއެކުވެރި، އެއްބައިވަންތަ ރައްޔިތުންތަކެއް މިޤައުމުގައި އުޅޭތަން ފެންނަން ފަށާނެ ކަމުގައި ދެކެމެވެ.
http://islamicaffairs.gov.mv/wp-content/uploads/2018/03/Fatwa-03.2018-06.2018-Reciting-Bismillahi-Louder.pdf
ބައިބައިވުން ފެށެނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ މިފަދަ ފަތުވާތަކަށް ޢަމަލު ކުރައްވަން ފަސްޖެހެވޭތީކަމުގައި ހިތާމަޔާއިއެކު ފާހަގަކޮއްލަމެވެ.
މި ޙިޔާލު އިސްލާމިކް މިނިސްޓަރ އަށް ރައްދުކޮއްދެއްވުމަށް އެދެމެވެ. ސަލާމް