ޚަބަރު

މާލޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު – އެޑިޔުކޭޝަން

މާލޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން މިއަހަރުފަށާނީ މިމަހުގެ 20 ވަނަދުވަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ޕްރީ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލާ ގުޅިގެން މުދައްރިސުންނަށް ބޭނުންވާ ތަމުރީނުތައް ދޭންޖެހޭތީ ކަމަށް މިނިސްޓަރި ވިދާޅުވިއެވެ. އަދި އެ މަސައްކަތް އާ ދިރާސީ އަހަރު ފެށޭ ދުވަހު ފައްޓަވާނެކަމަށްވެސް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފަށާ ދުވަސް ފަސްކުރިނަމަވެސް ރަށްރަށުގެ ޕްރީ ސްކޫލްތަކުގައި އާ ދިރާސީ އަހަރާއި އެކު އަންނަ އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުންވެސް ކުރިއެކޭ އެއްގޮތަށް އަންނަ އާދިއްތަ ދުވަހު ފެށިގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close