ޚަބަރު

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ކުރިން ޓީވީއެމްގެ ސީއީއޯކަންވެސް ކުރައްވާފައިވާ މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ.

ޢަލީ ޚާލިދަކީ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޙައްޖު ކޯޕަރޭޝަނަށާއި ވެމްކޯއަށްވެސް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރައްވާފައެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އިސްމާޢީލް ޙަމީދެވެ. އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އާދަމް މުޙައްމަދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close