ޚަބަރު

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4،121 މީހަކަށް ލިބިގެންވާއިރު، ހިތަދޫ ސްކޫލާއި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް، ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. މި ދެ ކެންޑިޑޭޓުންނަކީވެސް އައްޑޫގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ދެ ބޭފުޅުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ. މިއަދުގެ ވޯޓަށްފަހު މި ގޮނޑި ކާމިޔާބު ކުރާ ކެންޑިޑޭޓެއް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close