ޚަބަރު

އެސްޓީއޯގެ ފާމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ރާއްޖެއަށް ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން”ގެ ދަށަށް އެސްޓީއޯގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި މި ކުންފުންޏާ ފާމަސީތައް ހަވާލުކުރުމުގެ ފުރަތަމަ މަރުހަލާ މާލެ ސަރަހައްދުން ފަށާއިރު، އަންނަ ފެބްރުއަރީ 15 ގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެސްޓީއޯގެ 196 ފާމަސީގެ އޮޕަރޭޝަންތައް އެ ކުންފުނީގެ ދަށަށް އެއްކޮށް ބަދަލުކޮށް ނިންމުމަށް އަމާޒުހިފާފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ބޭހާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ހަރުދަނާކޮށް، މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ބޭސް ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close