ޚަބަރު

ޝަރީއަތަށް ނުފޫޒު ފޯރުވި މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ ހެކިންނަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތްތަކެއް ހުއްޓުވުމުގެ ގޮތުންކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން، މި މައްސަލާގައި ތުހުމަތުކުރެވޭ އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށާއި، އަދި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close