ލޮސް އެންޖަލަސް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 28 އަށް

އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި ފެތުރެމުންދާ ބޮޑު އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 24 އަށް އިތުރުވެއްޖެއެވެ. މިއީ އީޓަން އަދި ޕެލިސޭޑްސް އަލިފާނުގެ ސަބަބުން ކުރިމަތިވި މަރުތަކެވެ.
ލޮސް އެންޖަލަސް ކައުންޓީ ކޮރޯނަރުގެ އޮފީހުން ބުނާ ގޮތުގައި އީޓަން އަލިފާނުގެ ސަބަބުން 20 މީހުން އަދި ޕެލިސޭޑްސް އަލިފާނުގެ ސަބަބުން 8 މީހުން މަރުވެފައިވެއެވެ. މި އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އޮފިޝަލުން ބުނެއެވެ.
150،000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދުން ސަލާމަތްކުރެވިފައިވާއިރު، އިތުރު 87،000 މީހުން ސަލާމަތްކުރުމުގެ އިންޒާރު ދެވިފައިވެއެވެ. 12،000 އަށްވުރެ ގިނަ ގެދޮރާއި ވިޔަފާރިތައް އަލިފާނުގައި ރޯވެ ހަލާކުވެފައިވެއެވެ. މިހާތަނަށް 60 އަކަމޭލަށްވުރެ ބޮޑު ސަރަހައްދެއް އަނދައިގެން ގޮސްފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި 14،000 އެމަރޖެންސީ މުވައްޒަފުންނާއި، 1،300 އަލިފާން ނިއްވާ އުޅަނދު އަދި 84 މަތިންދާ ބޯޓު ބޭނުންކުރެވެމުންދެއެވެ. ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް އިތުރު 1،000 ނެޝަނަލް ގާޑް މެންބަރުން މި މަސައްކަތަށް ފޮނުވާފައިވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މި ކާރިސާއަކީ ބޮޑު ކާރިސާއެއްގެ ގޮތުގައި އިއުލާންކޮށް، ސާފުކުރުމާއި އަލުން އިމާރާތްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމަވާފައެވެ.


