ޚަބަރު

ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ ދުވަހަށް ތާވަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ “ކްރިކް ރިޒާ” މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހެނދުނު 09:00 އަށެވެ.

މި މައްސަލައިގައި އީދު ބަންދުގެ ކުރިން ތާވަލުކުރި ދެ އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައެއެވެ. އަދި އީދު ބަންދަށްފަހު މި ހަފްތާގައި ތާވަލުކުރި އަޑުއެހުންތައް ވެސް ކުރިއަށް ނުގެންދެވި ވަނީ ކެންސަލްކޮށްފައެވެ. އެ އަދުއެހުންތައް ކެންސަލް ކުރީ މި މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީއެވެ.

ފުއްގިރި މައްސަލައާ ގުޅިގެން މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް މިހާތަނަށް ނަގާފައިވާއިރު އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close