ރައީސަކީ ކާކުކަން ނޭންގިގެން އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންބޭފުޅެއްކަން ކަށަވަރު ނުވެގެން އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ. އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ. މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.
މި މައްސަލަ އިދިކޮޅުން ހުށަހެޅީ ރައީސް ސޯލިހު ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމުން ހުވާކުރެއްވިއިރު ރައީސް ކަމުގެ ހުވާ ކުރައްވާފައިވާތީ އާއި އަދި އެއަށްފަހު ރައީސަކީ ފައިސަލް ކަމުގައި ގަބޫލުކުރެވޭތީ އާއި ފައިސަލަށް ރައީސް ސޯލިހު ނުފޫޒު ފޯރުވަނީ ކަމަށް ގަބޫލުކުރެވޭތީއެވެ.
ރައީސްް ސޯލިހު ސާޖަރީއެއް ހަދަން ޖެހުމުން ރައީސް ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ކުރެއްވީ ފެބްރުއަރީ25، 2022 ގެ ހެނދުނު6:00 ގައި އެވެ. ރައީސް ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.
މި މައްސަލަ އިދިކޮޅުން ވަނީ މަޖިލީހަށްވެސް ހުށަހަޅާފައި އެވެ.



ބަލަ އެވެނވާނެތާ ކުރިންވެސް ވާނީއެހެންކަން ރައީސް ސޯލިހުގެ މުށުތެރޭގާކަން ވަނީ ހުރިހާ މުއަށްސިސާއެތް ވަގުތުބޭކަރުވުންނޫންކަމެއް އެބައޮތްތަ