ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ހަމަޖެއްސުމާގުޅޭ ވާހަކަތަކެއް
ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބުލް ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތުމަށް ތައްޔާރުވެއިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހަމަޖެއްސުމާގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވިއްޖެކަމަށް އޮންލައިން މީޑިއާގައި ޚަބަރު ފެތުރެމުން އެބަދެއެވެ.
އެގޮތުން ރައީސް ނަޝީދު ގެ އެދިވަޑައިގަ ތުމުގެ މަތިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި އެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
ދުވަހަސް އޮންލައިން ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގައެވެ. އަދި މި ބައްދަލުކުރެއްވުމަކީ ރައީސް ނަޝީދުގެ ދައުވަތަކަށް އިލްހާމް އަހްމަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ކުރިއަށްގެންދެވި ބައްދަލުކުރެއްވުމެއްކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި އިލްހާމް އަހްމަދާއި ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމާއެކު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ކޯލީޝަން ހަދައި، ރަނިން މޭޓުކަން ހޯދަން މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމުގެ އަޑު މިއަދު ގަދަވެފައިވެއެވެ.
އެގޮތުން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ގާސިމް ވެރިކަމަށް ގެނައުމަށް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދުގެ ޖަލްސާގައި ތުހުމަތު ކުރެއްވިއެވެ.
