ޚަބަރު

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ ހުކުރުދުވަހުގެ ރޭ ބާއްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޓިކެޓް ރަސްމީކޮށް އެރުވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މިދިޔަ މަހުގެ28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ61 ޕަސެންޓުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވަ އެވެ. ނަޝީދަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ކާނިވަލުގައި ކަމަށެވެ. އެކަމަކު އަދި ތަން ފައިނަލް ނުވާ ކަމަށާއި ކާނިވާ ނުލިބުނު ކަމުގައި ވިޔަސް އެރޭ އެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.

އެރޭގެ ހަރަކާތްތަކަށް އެމްޑީޕީގެ އެކި ގޮފިތަކުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވި ހުސައިން ޝަމީމް (އަނދުން ހުސައިން) އިއްޔެ ވަނީ މި ޖަލްސާއަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސަށް އެރުވުމަށް ތައްޔާރުވަމުން ދާއިރު ނަޝީދު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވަރަށް ކުޑަ ތަފާތަކުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ވުރެ ފަސޭހައިން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close