ޚަބަރު

ރައީސް ސޯލިހްގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހާއި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ރޭ ބައްދަލުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ސޯލްޓް ރެސްޓޯރެންޓުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގައުމީ މަޖިލީހުގެ 120 ވަރަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބެނީ 173 މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް މިރޭގެ ބައްދަލުކުރެއްވުމުގައި އިއުލާނުކުރެއްވިކަމުގައި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވިއެވެ. މީގެ އިތުރުން ކެނޑިޑަސީ ހުށަހަޅުއްވާނެ ތާރީހަކާއިމެދުގައްޔާއި ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާއި ގުޅޭގޮތުންވެސް މިރޭގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ހާމަކުރިއެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕޭނުގެ މަސައްކަތް ރޭގެ މި ބައްދަލުވުމާއި ހަމައިން ރަސްމީ ސިފައެއްގައި ފެށިފައިވާއިރު ރިޔާސީ ޓިކެޓުގެ މި ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުވެސް ކުރިމަތިލައްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މިހާރު އަންނަނީ ކެމްޕޭނުވެސް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ މި ޕްރައިމަރީއަކީ ވަރަށް ފޯރިގަދަ ޕްރައިމަރީއަކަށް ވާނެކަމުގައި ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close