ޚަބަރު

ރިޟްވާން ކަރުބުރިކޮށްލުމަށްފަހު ވަނީ ކަނޑުފައްތާފައި: ކޮމިޝަން

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ކަރުބުރިކޮށްލުމަށްފަހު ވަނީ ކަނޑުފައްތާފައި ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފިއެވެ.

މަރުކޮމިޝަނުން ބުނީ ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ ކުރިން ޝަހާދަތުގެ ދެކަލިމަ ލައިދީފައިވާ ކަމަށާއި އެއަށްފަހު ކަރު ބުރިކޮށްލާ، ކަނޑަށް އެއްލާލައި ކަނޑު ފެއްތީ ކަމަށެވެ.

މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ އޮގަސްޓު 7، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިގެން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށެވެ.

އޭނާ ގެންގޮސްފައިވަނީ ޑިންގީއަކަށް އަރުވައިގެން ކަންނެލި ދޯންޏަކަަށް ކަމަށާއި އެ ދޯނި ދިޔައީ ކަނޑު މައްޗަށް ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެއަށްފަހު ރިލްވާންއަށް ކަލިމަ ލައިދީ ކައު ބުރިކޮށްފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު އެއްލާލީ މޫދަށް ކަމަށް ފަރީޝާ ވިދާޅުވިއެވެ.

“ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ގޮސްފަވާ ކަމަށް ބެލެވޭ. އަދި ދޯނީ ތެރޭގަ އޭނާއަށް ކަލިމަ ލައިދީ، ރިލްވާން ވަނީ ކަރުބުރިކޮށް މަރާލާފަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން މީހަކު ބުނެފަވޭ. އަދި އޭނާގެ ހަށިގަނޑު ވަނީ ކަނޑުފައްތާފަ،” ފަރީޝާ ވިދާޅުވިއެވެ.

މަރުކޮމިޝަނުން މިހެން ބުނެފައިވާއިރު އެކޮމިޝަނުން އެކުލަވާލި ރިޕޯޓްވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close