ޚަބަރު

ހެންވޭރުގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރޭ ދަންވަރު މާލޭގެ ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަފިއެވެ.

އަލިފާން ރޯވީ ހެންވޭރު ހިރިޔާގޭގެ ތިންވަނަ ފަންިފިލާގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ޓީމުން ބުނީ މި ހާދިސާގައި މައުލޫމާތު ލިބުނީ މިރޭ މެންދަރު 03:57 އެހާކަންހާއިރު ކަމަށެވެ. އަދި ހިރިޔާ ގޭގައި ރޯވި އަލިފާންގަނޑު 04:23 ހާއިރު ނިންވާލާފައިވާކަމަށެވެ.

މި ސަރަހައްދުގައި ފުލުހުންގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި އަލިފާން ރޯވި ިއމާރާތައް ލިބިފައިވާ ގެއްލުމުގެ ތަފްސީލުތަކެއް އަދި ސާފެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close