ޚަބަރު

އަލަމްގިރިއާއިއެކު ގުޅުންހިންގި ފުލުސް އޮފިސަރަށް ކުރި ޙުކުމް އިސްތިއުނާފުކޮށްފި

ބަނގްލާދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރިއާއި އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާމެދު ހިތްހަމަނުޖެހޭތީ ޕްރޮސެކިއުޓާ ޖެނެރަލްއިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާއަށް އިޢުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު ޙުކުމް ކުރެއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ރަފީޢު ޖަލަށްލުމަށެވެ. ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލުން ވިދާޅުވީ ދައުލަތުން އެދުނީ 07 މަހާއި 06 ދުވަހުގެ ޙުކުމަކަށް ކަމަށާއި, ނަމަވެސް ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމްކުރެއްވީ އަދަބުގެ ދެ ދަރަޖަ މަތިކޮށްކަމަށްވާތީ އެ ނިންމުން އިސްތިއުނާފު ކުރަން ނިންމެވީ ކަމަށެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން މި މައްސަލަ އިސްތިއުނާފު ކުރީ އިއްޔެގައެވެ.

ޢަބްދުއްރަޙްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ
އަލަމްގީރް އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯ ވެސް ޢާންމުވިއެވެ.

އެއް ކޮމެންޓް

  1. އިސްތިއުނާފު ކުރީމާ ނިމުނު ގޮތަކީ ކޮބާތަ?….ރިޕޯޓަރޫ….
    ކަނޑު ކޮސް އިސްތިއުނާފަށް ހުށަހެޅީ އޮތަ?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close