ކޯޓް އަމުރެއްގެ ދަށުން އަނެއްކާވެސް ޔާޔާ ނަބީލް ހައްޔަރުކޮށްފި
މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ކޯޓް އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އޭނާ ރޭ ހައްޔަރު ކުރީގެ މީގެ ހަފްތާއެއް ކުރިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދުން ދޫކޮށްލާފައި ހުއްޓައެވެ.
ރޭ ނަބީލް ހައްޔަރު ކުރީ އާތުހުމަތެއްގައި ކަމެއް ނޫނީ ކުރިން އޭނާ އާއްމުކުރި ބަރަހަނާ ފޮޓޯތަކާއި ގުޅިގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަބީލް ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ނަބީލް ހައްޔަރުކޮށްފައި މިވަނީ އޭނާ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މީގެ ހަފްތާއެއް ކުރިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އިތުރު ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.
މީގެ ހަފްތާއެއް ކުރިން ނަބީލް ހައްޔަރު ކުރުމަށް ފަހު ފުލުހުން ފުލުހުން ދެންމެ މީޑިއާއަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އޭނާ ހައްޔަރު ކުރީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ކޮށްފައިވާ މައްސަލައިގައި ކަމަށެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށް ބުނުން ފިޔަވައި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް އޭރުވެސް ނުދެއެވެ.
އަންހެނުންގެ ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާއްމުކުރަމުން އަންނަ ނަބީލް މިދިޔަ އަހަރު ވެސް ބަރަހަނާ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި ހައްޔަރު ކުރިއެވެ. އެފަހަރު އޭނާ ދޫކޮށްލީ ދެމަސް ދުވަސް ވަންދެން މީސް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރަން ޝަރުތުކޮށްފައެވެ.

ކިކުރަންބަ ހައްޔަރުކުރަނީ ކުރުމާދޫކޮންލުމަ އެކަމްޔޯގާހައްޔަރީންނަކަން ނިމުމެންނެތް