ޚަބަރު

ވެލިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު މަގާމުން އިސްތިއުފާ ދެއްވައިފި

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަ ކުރައްވާފައި ނުވިނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީއިން ބަލަމުންދާ އޭނާގެ ސްލޫކީ މައްސަލައަކާއި ގުޅިގެންނެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ، އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އަދި އެ ކޮމިޝަނަށް އިސްތިއުފާގެ ސިޓީ މިއަދު ލިބިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީން ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފައެވެ. އެއީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދުގެ ސުލޫކީ މައްސަލައެއް ބެލިއެވެ. ނަމަވެސް އެ މައްސަލަ ސާބިތު ނުވާ ކަމަށް މި އަހަރުގެ މާރިޗް މަހު ވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close