ޚަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެއީ މިއަދު ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.

މެޓުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.

މޫސުން ގޯސް ވަގުތުތަކުގައި ކަނޑުދަތުކުރާ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރެއެވެ.

އަދި މުދާ ބަރުކޮށްގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި، ކަނޑު ދަތުރުކުރާއިރު އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ހަމަތޯ ބެލުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close