ޚަބަރު

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިފި

ޕޯސްޓް މެދުވެރިކޮށް ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޒުވާނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ޕޯސްޓުން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރީ 23 އަހަރުގެ އަންހެނެކެވެ.

އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އަމުރުގައި ބުނީ، އެ އަންހެން މީހާ އާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި އެކި މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެއެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، ޕޯސްޓް މެދުވެރިކޮށް ފޮށިތަކުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރާތީ، އެ ތަކެތި އަތުލުމަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close