މަސް މާރުކޭޓުން ވައްކަން ކުރި ކަމަށްބުނެ ޒުވާނަކަށް އަނިޔާކޮށް، މޫދަށް ވައްޓާލައިފި
މަސް މާރުކޭޓުން ވައްކަން ކުރިކަމަށްބުނެ ޒުވާނަކު ހިފަހައްޓާ، އޭނާއަށް އަނިޔާ ކުރުމަށްފަހު، އާންމުންގެ ބަޔަކުވެގެން އޭނަ އެ ސަރަހައްދުގެ މޫދަށް ބަޔަކު އޭނާ މޫދަށް ވައްޓާލައިފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އާންމުގެ ބަޔަކު އޭނާ ހިފަހައްޓާފައިވަނީ މަސް މާރުކޭޓު ތެރެއިންނެވެ. އަދި މާރުކޭޓު ތެރޭގައި އޭނާއަށް އަނިޔާކުރާ މަންޒަރު މި ވީޑިއޯއިން ފެންނާން ހުރެއެވެ.
އެއަށްފަހު، އޭނާ ފުލުހުންނާ ހަވާލު ނުކޮށް، އާންމުންގެ ބަޔަކުވެގެންވަނީ އޭނާ މޫދަށް ވައްޓާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ މޫދުން އެރިއިރު ފުލުހުން ދެމީހަކު އޭނާއާއި ސުވާލު ކޮށްފައިވެއެވެ.
އެހެންނަމަވެސް ފުލުހުންގެ ބެލުމުގެދަށް އޭނާ ގެންދިޔަކަމެއް އެގިފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މަސް މާރުކޭޓުން މީހަކު ވައްކަންކުރި މައްސަލައެއް ޕޮލިހަށް ރިޕޯޓު ކޮށްފައި ވާކަމުގައެވެ.
މާލޭގައި ވައްކަން ކުރާ ބައެއް މީހުން ފުލުހުންނާއި ހަވާލުނުކޮށް، އެމީހުންނަށް އަނިޔާކޮށް، އާންމުންވެގެން އަދަބު ދިނުމަކީ މާލޭގައި އާންމުކަމެކެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވަނީ މަގުމަތިން އިންސާފު ހޯދާން އުޅޭނަމަ އެފަދަ މީހުން ހައްޔަރު ކުރާނެކަމަށެވެ.

