ޣާޒީ ސްކޫލްގެ ޓީޗަރަކު ކުޑަފިރިހެން ކުއްޖަކާ ބެހުނުކަމަށް ބުނެ ހަވަރަށް ދީފި
ޣާޒީ ސްކޫލްގެ ޓީޗަރަކު ކުޑަފިރިހެން ކުއްޖަކާ ބެހުނުކަމަށް ބުނެ ހުޅުމާލޭ 2 ވަނަ ފޭސްގައި ހަވަރަށް ދީފިއެވެ.
އެ ޓީޗަރަށް ޢާއްމުންގެ ބަޔަކު ތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރުވަނީ ސޯޝަލް މީޑިއާޣައި ދައުރުވާން ފަށާފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޓީޗަރު މީހާ ކުޑަކުދިންނާ ބެހުނު ކަމަށް އަމިއްލަ އަށް ބުނެއެވެ. އަދި ބެހުނީ އެންމެ ކުއްޖަކާ ކަމަށާ އެހެން ކުދިންނާ ނުބެހޭ ކަމަށް އޭނާ ތަކުރާރުކޮށް ބުނާ އަޑުއިވެއެވެ.
އެތަނަށް އެއްވެފައި ތިބި ބައެއް މީހުން ހަޅޭލަވަމުން އެ ޓީޗަރު މީހާގެ ގައިގައި ތަޅާ އަނިޔާ ކުރާއިރު، އެހެން ބައެއް މީހުން އެކަން ހުއްޓުވަން އުޅޭތީވެސް ފެނއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންވިދާޅުވީ ހުޅުމާލޭ ފޭސް2 ގައި ބަޔަކު މީހުން މީހަކަށް އަނިޔާ ކުރަމުންދާ ކަމުގެ މައުލޫމާތު މިރޭ 22:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
