ޚަބަރުބޭރުދުނިޔެ

ދުނިޔޭގެ އެންމެ ދިގު ސްނައިޕަރ ރައިފަލް ޔޫކްރޭނުގައި ބޭނުންކޮށްފި

“ސުޕަރ ލޯންގް ރޭންޖް” ސުމްރަކް (ޓްވިލައިޓް) ސްނައިޕަރ ރައިފަލް ފުރަތަމަ ފަހަރަށް ޔޫކްރޭނުގައި ރަޝިޔާގެ ސިފައިން ބޭނުންކުރި ކަމަށް ސަލާމަތީ މަސްދަރަކާ ހަވާލާދީ ޓާސް ނިއުސް އެޖެންސީ ބުރާސްފަތި ދުވަހު ބުނެފި އެވެ.

ސްނައިޕަރުން މި ރައިފަލް ބޭނުންކުރީ ކިއެވް ކައިރީގައި، އަދި ޔޫކްރޭންގެ އިރުމަތީގެ ޚާރކޯވް ކައިރީގައި ރަޝިޔާގެ ހަނގުރާމަ ވެރިންކަމަށް ނޫސްވެރިންނަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި މިމައުލޫމާތު ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާކަމަށް އެ އިދާރާއިން އިތުރަށް ބުނެފައިވެއެވެ.

ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ލޮބައެވް އާމްސް އިން 2012 ވަނަ އަހަރު ފަރުމާކުރި ސިންގަލް ޝޮޓް ބޯލްޓް އެކްޝަން ހަތިޔާރު އެސްވީއެލްކޭ-14އެސް ސުމްރަކް އިން 2،700 މީޓަރު (1.6 މޭލު) އާއި ހަމައަށް އަމާޒުތަކަށް ކާމިޔާބު ކަމާއެކު ވަޒަން ޖެހިދާނެ ކަމަށް އެ ހަތިޔާރު އުފެއްދި ކުންފުނިން ބުނެ އެވެ.

2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޑެއިލީ މިރޯ ނޫހުން ސުމާކް ސިފަކޮށްފައިވަނީ “ދުނިޔޭގެ އެންމެ މަރުވާ ސްނައިޕަރ ރައިފަލް” ގެ ގޮތުގައި ކަމަށާއި، އިނގިރޭސި ސިފައިންގެ ސްނައިޕަރ ރައިފަލް ކަމަށްވާ އެލް115އޭ3 ގެ އެފެކްޓިވް ރޭންޖްގެ ގާތްގަނޑަކަށް ދެގުނައަށް ބޮޑު ރޭންޖެއް ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

2017 ވަނަ އަހަރު ސުމްރަކްގެ ވަޒަނެއް 4،210 މީޓަރު (2.6 މޭލު) ދުރަށް ފޮނުވާލި އިރު، އެ ވަޒަނުން ވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތަކަކީ މިވަގުތު ދުނިޔޭގައި އުފައްދާފައިވާ މިފަދަ އެންމެ ޒަމާނީ އާލަތް ތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close