ޚަބަރު

ގޮޓާބަޔާއަށް ރާއްޖެއިން އެހީތެރިކަން ދިނުމާއި ދެކޮޅަށް މާލޭގައި ލަންކާ މީހުން މުޒާހަރާ ކުރަނީ


ސްރީލަންކާގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސްއަށް ހިމާޔަތް ދީގެން އުޅޭތީ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން، ދިވެހި ސަރުކާރާއި ދެކޮޅަށް ނުކުމެއްޖެއެވެ.

ލަންކާ ރައްޔިތުން މުޒާހަރާ ކުރަން އެއްވީ މާލޭގެ ކާނިވާ ސަރަހައްދަށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ލަންކާ ރައްޔިތުން އެއްވުމާ އެކު ދިވެހި ފުލުހުން ދަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސަމުންނެވެ.

މުޒާހަރާގެ ބައިވެރިން ނުކުމެފައި ވަނީ ލަންކާ ދިދަ އާއި ބެނާތައް ހިފައިގެންނެވެ. އެހެން ނަމަވެސް އެސްއޯ ފުލުހުންވަނީ އެ ތަކެތި އަތުލައިގަނެފައެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ފިއްލެވުމަށް ރާއްޖެއިން އެހީތެރިވެފައިވާތީ މުޒާހަރާ ކުރާ ލަންކާ މީހުން ގެންދަނީ އެކަން ކުށްވެރިކުރަމުންނެވެ. އަދި ދިވެހި ސަރުކާރުން ގޮތަބަޔާ ލަންކާއާ ހަވާލުކުރުމަށްވެސް އެއްވި މީހުން ދަނީ ގޮވަމުންނެވެ. އަދި ގޮތަބަޔާ އެނބުރި ގައުމަށް ދިއުމަށްވެސް އެމީހުން ގޮވާލާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close