ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ ކުއްޖާ ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 17 އަހަރުގެ އާމިނަތު ޒާރާ ރިޔާޒު ނަމަކަށް ކިޔާ ކުއްޖެކެވެ.
ފުލުހުން ވިދާޅުވީ، ޒާރާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދު މެންދުރުފަހު ކުއްޖާ ފެނިފައިވާކަމަށް ފުލުުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މިކުއްޖާ މިއަދު ފެނިފައިވާއިރު މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:30 ހާއިރު ގެއިން ނިކުމުގެން ދިޔަގޮތަށް އެ ކުއްޖާގެ އެއްވެސް ޚަބަރެއް އޭނާގެ އާއިލާއަކަށް ލިބިފައެއްނުވެއެވެ.



ވާވަރު ވީމަ އަމިއްލައަށް ގެއަށް އައީ ކަންނޭގޭ!