2 ޖުލައި 2022
ހޮނިހިރު
މިއަދު

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ތުރުކީއަށް ފުރާވަޑައިގެންފި

  • އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިނިސްޓަރުގެ މި ދަތުރުފުޅުގައި ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޑިޒެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަބްރާސްއާ ބައްދަލުކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިނިސްޓަރުގެ މި ދަތުރުފުޅުގައި ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޑިޒެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަބްރާސްއާ ބައްދަލުކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރ ޑރ. ޒާހިރުގެ އަރިހުގައި މި ދަތުރުފުޅުގައި ބަައިވެރިވެލައްވަނީ ޑެޕިއުޓީ މިނިސްޓަރ ޝާފިޢު އަލީ، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢިލްގެ އިތުރުން އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއެވެ.

އަންނަ ހޯމަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ހަލާލު ސެޓްފިކެޓް ކަންކަން ބަލައްޓަވާ ވުޒާރާއަށްވެސް މިނިސްޓަރު ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.