ޚަބަރު

ރައީސް ނަޝީދުއާއި، އިންތި ފައްޔާޒު އަށް މަރުޙަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މިނިސްޓަރ ފައްޔާޒު އިސްމާޢީލް ކާމިޔާބު ކުރެއވުމާއި ގުޅިގެން ރައީސް ނަޝީދުއާއި، އިންތި ފައްޔާޒު އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދު އާއި، އިންތިގެ ޓީމުން ފައްޔާޒުއަށް މަރުޙަބާ ވިދާޅުވިއިރު، ބަލި ޤަބޫލުކުރެއްވި ކަން އިޢުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ފައްޔާޒު އިސްމާއިލް ކަށަވަރު ކުރެއްވިތާ އެތައް އިރެއް ފަހުނެވެ.


އެމަނިކުފާނު ދެންމެ ވަނީ ފަޔާއާއި ފަޔާގެ ކެމްޕޭން ޓީމަށާއި އަދި އިންތިއާއި އިންތިގެ ކެމްޕޭން ޓީމަށްވެސް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފަޔާގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދޭނެކަމާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު ނުހިނގާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ފަޔާއަށް މަރުހަބާ ވިދާޅުވެފައިވާއިރު، އިންތިވެސް މިހާރުވަނީ ބަލި ގަބޫލު ކުރައްވައި ފަޔާއަށް މަރުހަބާ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close