ރިޕޯޓް

އަންހެން ކުދިންގެ ތައުލީމު މަނާކުރުން – ތާލިބާނުންގެ ތެރޭގައި ބޮޑު ފިތުނަވެރިކަމެއް

އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާނުން އެޤައުމުގެ އަންހެން ކުދިންގެ ތައުލީމު މަނާކުރުމުން ތާލިބާނުންގެ ތެރޭގައި ވަރަށް ބޮޑު ފިތުނަވެރިކަމެއް އުފެދިފައިވާކަން ހާމަވެއްޖެއެވެ.

ތާލިބާނުން އަންހެން ކުދިންގެ ތައުލީމު ދިނުން މަނާކޮށްފައި އޮތް އޮތުން ދައްކުވައިދެނީ އެ ޖަމާއަތުގެ ހަރުކަށި ފިކުރު ހައްދުފަހަނަ އަޅާފައިވާކަމެވެ. އަދި ކޮންޒަވޭޓިވް ސްމޫތީ ޖަމާއަތުގެ ކޮންޓްރޯލް ވަރަށް ބޮޑަށް ހިފަހައްޓައި، ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ ނިކަމެތި ރައްޔިތުންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވަމުން ދާކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މި މަނާކުރުމުގެ ސަބަބުން ބައިނަލްއަގްވާމީ ރުޅިވެރިކަން އިންތިހާއަށް އިތުރުވެ، ތާލިބާނުންގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.

“މި އަމުރަކީ ވަރަށް ގެއްލުން ހުރި އަމުރެއް،” ތާލިބާނުންގެ އިސް މެމްބަރަކު އޭއެފްޕީއަށް ވިދާޅުވި އެވެ. އެންމެ މަތީ ލީޑަރު އަމިއްލަފުޅަށް ނުފޫޒު ފޯރުވީއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކި ތާލިބާނުންގެ ހުރިހާ އޮފިޝަލުން ވެސް އެކަން ކުރީ އެ މައުޟޫއުގެ ސެންސިޓިވިޓީ ގެ ސަބަބުންނެވެ.

މިދިޔަ މަހު އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލްތައް ބަންދުކުރަން އަމުރުކޮށްފައި މިވަނީ، މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަލުން ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް ސްކޫލްތައް ހުޅުވާލިތާ ގަޑިއިރުތަކެއް ފަހުންނެވެ.

އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލްތައް އަލުން ހުޅުވިތާ ގަޑިއިރުތަކެއް ފަހުން ތާލިބާނުން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުއްލި ގޮތަކަށް އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލްތައް ބަންދުކުރުމަށް އަމުރުކޮށްފަ

މި ހައިރާންކުރުވަނިވި ޔޫ-ޓާން އައީ ތާލިބާނުންގެ ހަގީގީ ބާރުގަދަ މަރުކަޒު ކަމަށްވާ ކަންދަހާރު ސިޓީގައި އެ ޖަމާއަތުގެ ލީޑާޝިޕްގެ ސިއްރު ބައްދަލުވުމަކަށް ފަހު އެވެ.

އަންހެން ކުދިންގެ ތައުލީމަކީ “އިސްލާމީ އުސޫލުތަކާ” އެއްގޮތަށް އޮންނަން ޖެހޭ ތައުލީމެއް ކަމަށް ބުނުމުގެ އިތުރުން، އޮފިޝަލުން އެއްވެސް އިރެއްގައި އެކަން މަނާކުރި ކުރުން ކުށްވެރިކޮށް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ތާލިބާނުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ ސުޕްރީމް ލީޑަރު ހިބަތުالله އަޚުންދްޒާދާ އާއި ބައެއް އިސް ބޭފުޅުން “މިކަމުގައި ހައްދުފަހަނައަޅާފައިވާ” ކަމަށާއި އެ މަޝްވަރާތަކުގައި އަޣުލަބިއްޔަތު އޮތީ އެ ޖަމާއަތުގެ ލީޑަރު ހިބަތުالله އަޚުންދުޒާދާ އަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގްރޫޕެއް ކަމަށްވާ އުމްރާނީ އަދި އަލްޓްރާ ކޮންޒަވޭޓިވްސް ވެސް ވަނީ އެ މޫވްމަންޓުގައި ނުކުމެފަ އެވެ.

އަފްޣާނިސްތާނުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ ލަންޑަންގައި ދިރިއުޅުއްވާ ރިސާޗަރެއް ކަމަށްވާ އޭޝްލީ ޖެކްސަން ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުންތަކުން ދީނީ އިލްމުވެރިން ބާކީވެ، އަންހެން ކުދިންގެ ތައުލީމާ ދެކޮޅު ކަން ފާޅުކުރުމަކީ އެމީހުންގެ ނުފޫޒު އަލުން އިއާދަކުރުމަށް އޮތް އެއް މަގެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި އަންހެން ކުދިންގެ ސާނަވީ ތައުލީމު ދިނުން މަނާކުރުމަކީ ތާލިބާނުންގެ ދެ ވެރިކަމުގެ ދެމެދުގައި ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ހައްގުތަކެއް ލިބިފައިވާ އަންހެނުން ނިކަމެތި ކުރުމަށް އޮތް ވަސީލަތެކެވެ.

އެކަމަނާ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި “މި އައުޓް އޮފް ޓަޗް މައިނޯރިޓީގެ ބޮޑު ނުފޫޒު” ގެ ސަބަބުން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތާއީދުކުރާ ކަމެއްގައި ކުރިއަށް ދިއުމަށް އެ ގައުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް ގްރޭމް ސްމިތު ވިދާޅުވީ، މިކަމުން ދައްކުވައިދެނީ ކަންދަހާރު އަދިވެސް އޮތީ ތާލިބާނުންގެ ސިޔާސީ ކަންކަމަށް ގްރެވިޓީގެ މައި މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.

ތާލިބާނުންގެ އިސް މެމްބަރަކު ވިދާޅުވީ ހަރުކަށި ފިކުރުގެ  މީހުން މަސައްކަތް ކުރަނީ ކޮންޒަވޭޓިވް ރަށްފުށު ހިސާބުތަކަށް ނިސްބަތްވާ އެތައް ހާސް ހަނގުރާމަވެރިން ރުއްސުމަށް ކަމަށެވެ.

“އެމީހުންނަށްޓަކައި އަންހެނަކު ގެއިން ބޭރަށް ނުކުތް ނަމަވެސް އެއީ ނާތަހުޒީބު އަމަލެއް. އެހެންވެ، އެ އަންހެނާއަށް ތައުލީމު އުނގަންނައިދިނުމުގެ މާނައަކީ ކޮބައިތޯ ވިސްނާލާށެވެ،” އޭނާ ވިދާޅުވި އެވެ.

ތާލިބާނުންގެ މެމްބަރު ވިދާޅުވީ، ހުޅަނގުގެ ތާއީދު ލިބިފައިވާ ކުރީގެ ރައީސުން ކަމަށްވާ ހާމިދު ކަރްޒާއީއާއި އަޝްރަފް ޣަނީގެ ޒައާމަތުގައި ދިރިއުޅުމާ ގުޅިފައިވާތީ، އަޚުންދްޒާދާ “ޒަމާނީ، ސެކިއުލަރ ތައުލީމާ” ދެކޮޅަށް ކަމަށެވެ.

އެއީ އޭނާގެ ދުނިޔޭގެ ވިސްނުމެވެ.

ތާލިބާނުން އަލުން ވެރިކަމަށް އައީ 2001 ވަނަ އަހަރު އެމެރިކާ އިން އެ ގައުމުގެ ބާރުގެ ދަށަށް ގެނައި ފަހުން ނެވެ.

ތާލިބާނުންގެ ދެ ރަސްކަމުގެ ދެމެދުގައި އޮތް 20 އަހަރުގެ ތެރޭގައި އަންހެން ކުދިންނަށް ސްކޫލަށް ދިއުމުގެ ހުއްދަ ދީ، އަންހެނުންނަށް ހުރިހާ ދާއިރާއަކުން ވަޒީފާ ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އިޖުތިމާއީ ގޮތުން އެ ގައުމު އޮތީ ކޮންޒަވޭޓިވް ކޮށް ކަމަށް ވެއެވެ.

ތާލިބާން ޖަމާއަތުގެ ލީޑަރުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަންހެން ކުދިންގެ ތައުލީމާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަރަށް ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށެވެ.

އެކްޓިވިސްޓް އަދި އިސްލާމީ އިލްމުވެރިޔާ ތާފްސިރު ސިޔާޕޯޝް ވިދާޅުވީ އަފްޣާނިސްތާނުގައި އަންހެން ކުދިންނަކީ އަބަދުވެސް ސްކޫލްތަކަށްގޮސް ކްލާސްތަކުގައި ތައުލީމު ހާސިލުކޮށް އިސްލާމީ މަންހަޖަށް ތަބާވާ ބައެއް ކަމަށާއި އެހެންކަމުން މަނާކުރުމުން ދައްކުވައިދެނީ ތާލިބާނުން “އަންހެނުންގެ ހައްގުތަކަށް އަރައިގަންނަން” ބޭނުންވާ މިންވަރު ކަމަށެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ މަސްދަރަކުން މި މައްސަލައާ ގުޅިގެން ލީޑާޝިޕް ލެވެލްގައި ހިޔާލު ތަފާތުވުންތައް ހުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އެ ޖަމާއަތުން ބުނީ އެ ޖަމާއަތް ބައިބައިވުމުގެ ނުރައްކަލެއް ނެތް ކަމަށެވެ.

“މި މައްސަލައާ މެދު ބަހުސެއް އެބަ އޮތް… އެކަމަކު އަޅުގަނޑުމެންގެ އުނި ސިފަތައް ނައްތާލަން މަސައްކަތް ކުރަނީ،” އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އަދިވެސް ތަހްގީގުކުރާ ފަރާތްތަކުން ބުނަނީ، މި މަނާކުރުން ވެގެންދިޔައީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެ، އަފްޣާނިސްތާނުގެ އިންސާނީ ކާރިސާއަށް ހައްލެއް ހޯދުމަށް ތާލިބާނުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ހީނަރުކަމެއް ކަމަށެވެ.

ޖެކްސަން ވިދާޅުވީ، އަންހެނުންގެ ހައްގުތަކަށް އެ ޖަމާއަތުން ކުރާ އިހުތިރާމާ ރަސްމީ ގޮތުން ގުޅިފައިވާ ބައިނަލްއަގުވާމީ މުޖުތަމައަކަށް އެމީހުންގެ އެދުމުގެ ނަތީޖާ “ފުރިހަމައަށް އިނގޭ ނުވަތަ ތައުރީފު ކުރާ” ކަމަށް އަޚުންދްޒާދާ ވެސް އަދި އޭނާއާ އެންމެ ގާތް މީހުން ވެސް ނުބުނާ ކަމަށެވެ.

ތާލިބާނުންގެ ބައެއް އިސް އޮފިޝަލުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

“އަޅުގަނޑުމެން އެމީހުންނަށް (އަލްޓްރާ ކޮންޒަވޭޓިވްސް) މި އަންގަނީ ގައުމެއް ހިންގުމަކީ މަދްރަސާއެއް ހިންގުމާ ތަފާތު ކަމެއް ކަމަށް،” އިސްލާމީ ސްކޫލަކަށް މި ބަސް ބޭނުން ކުރައްވައިގެން ކަންދަހާރުގެ ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ހަރުކަށި އަމުރު އަންނަންދެން ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކޮށެވެ. އަދި އެކަން އައީ އަޅުގަނޑުމެންގެ ލީޑަރުގެ ފަރާތުން އެހެންވެ އެއަށް އަމަލު ކުރަނީ އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަނީ އެކަން ބަދަލު ކުރަން،” އޭނާ ވިދާޅުވި އެވެ.

އެކަން މަނާކުރުމުން ސަރުކާރުތަކުން ތާލިބާނުންނާ ގުޅިގެން އެއްބާރުލުން ދޭން ތައްޔާރަށް އޮތް މިންވަރު ކުޑަވާ ކަމަށް އައިސީޖީގެ ސްމިތު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close