ޚަބަރު

”އިންޑިއާ އައުޓް“ ހަރަކާތް ސަރުކާރަށް ހުއްޓުވެން ޖެހޭނެ: އީވާ

އިންޑިއާ އާއި ދެކޮޅަށް ޕީޕީއެމުން ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތް ސަރުކާރަށް ހުއްޓުވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

މެމްބަރު އީވާ މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކަން ދެެމެހެއްޓުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ބަހުސްކުރައްވަމުންނެވެ.

އީވާ ވިދާޅުވީ ޕީޕީއެމުން ކުރިއާށްގެންދާ ”އިންޑިއާ އައުޓް“ ހަރަކާތަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ހަރަކާތެއް ނޫން ކަމަށާއި އަދި އެއީ ކޮންމެވެސް ގޮތަކުން ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

”އިންޑިއާ އައުޓް“ ކެޕްޕެއިނަކީ ގައުމަށް އޮތް ނުރައްކަލެއްކަން ސިފައިނާއި ފުލުހުން ވަރަށް ސާފުކޮށް ހާމަކޮށްދީފައިވާ ކަމެއް ކަމަށާއި އެހެންކަމުން އިންޑިއާ އައުޓް ކެމްޕެއިން ސަރުކާރަށް ހުއްޓުވެން ޖެހޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އިންޑިއާ ދޭތެރޭގަ އެފަދަ ވާހަކަތައް ދައްކަމުން ރާއްޖޭގެ އެކިރަށްރަށުގައި ކުރަމުން އެދަނީ ސިޔާސީ ބޮޑު ފިތުނައެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

މެމްބަރު އީވާ ވިދާޅުވީ ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އެހީވާން އޮންނަނީ އިންޑިއާ ކަަމަށާއި ސިޔާސީ ބޭނުމަށް ދޭދޭ ގައުމުތަކާ މެދު ފިތުނަ އުފައްދާނަމަ އެކަމުން ގެއްލުންލިބޭނީ ރާއްޖެއަށް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close