ޚަބަރު

ދިރާގު 33 ވަނަ އަހަރީ އާންމު ޖަލްސާ މާރިޗު 24 ވަނަ ދުވަހަށް ތާވަލްކޮށްފި!

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 33 ވަނަ އަހަރީ އާންމު ޖަލްސާ 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައ  ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން  ބައިވެރިވެވޭނެއެވެ. ވީމާ، 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީއެރުވިފައެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފައެވެ. އަދި ޖަލްސާކުރާ މާލަމަށް ވަޑައިގަންނަވަން ޤަސްދުކުރައްވާނަމަ ރެޖިސްޓަރކުރައްވާއިރު ވެކްސިން ކާޑް ހުށަހަޅުއްވަން ވާނެއެވެ. ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 22 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެއެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 9 މާރިޗް 2022 ގައި ޝާއިއުކޮށްފައިވާނެވެ. އަދި މި ލިންކުން  https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close