ބޭރުދުނިޔެ

ޔޫކްރެއިންގެ ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕްލާންޓް ރަޝިއާ ސިފައިން ހިފައިފިކަމަށް އައި.އޭ.އީ.އޭ އިން ބުނެފި

ޔޫކްރެއިންގެ ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓް މިހާރު ހުރީ ރަޝިޔާގެ ފައުޖުތަކުގެ ކޮމާންޑްގެ ދަށުގައި ކަމަށާއި، އެ ޕްލާންޓްގެ ސަބަބުން ބައެއް މޯބައިލް ނެޓްވޯކްތަކާއި އިންޓަނެޓް ތައް ވެސް ކަނޑާލައި، މުވާސަލާތީ މުއާމަލާތްތައް ވަރަށް ބޮޑަށް ކޮމްޕްލިކޭޓް ވެފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އާދީއްތަ ދުވަހު ބުނެފިއެވެ.

“ޔޫކްރެއިން އިން މިއަދު އައިއޭއީއޭ އަށް މައުލޫމާތު ދިން ގޮތުގައި ގަވާއިދުން ސްޓާފުން ޒަޕޯރިޒްހްޔާ ނިއުކްލިއާ ޕަވާ ޕްލާންޓް (އެންޕީޕީ) އޮޕަރޭޓް ކުރަމުން ދިޔަ ނަމަވެސް، ޕްލާންޓް މެނޭޖްމަންޓް މިހާރު އޮތީ މިދިޔަ ހަފުތާގައި ސައިޓްގެ ކޮންޓްރޯލް ނެގި ރަޝިއާ ގެ ފައުޖުތަކުގެ ކޮމާންޑަރުގެ އޯޑަރަށް،” އދ.ގެ ނިއުކްލިއާ ވޮޗްޑޯގް ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވިދާޅުވި އެވެ.

“ޔޫކްރެއިންއިން ރިޕޯޓް ކުރާ ގޮތުގައި ޕްލާންޓް މެނޭޖްމަންޓްގެ އެއްވެސް އަމަލެއް – އޭގެ ތެރޭގައި ހަ ރިއެކްޓަރު ޔުނިޓްގެ ޓެކްނިކަލް އޮޕަރޭޝަނާ ގުޅުން ހުރި ފިޔަވަޅުތައް ވެސް ހިމެނޭ – ރަޝިއާގެ ކޮމާންޑަރުގެ ކުރިން ރުހުން ހޯދަން ޖެހޭ،” އެ އިދާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ގްރޮސީ ކަންބޮޑުވުން ފާޅުކުރެއްވީ “އޮޕަރޭޓިން ސްޓާފުންނަށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާޖިބުތައް އަދާކުރުމުގެ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށާއި، ނާޖާއިޒު ޕްރެޝަރުން އެއްކިބާވެ، ނިންމުންތައް ނިންމުމުގެ ގާބިލްކަން ހުންނަން ޖެހޭނެ” ކަމަށް ވިދާޅުވެއެވެ.

ޔޫކްރެއިން އިން ވެސް އައިއޭއީއޭ އަށް މައުލޫމާތު ދިން ގޮތުގައި އެ ސައިޓުގައި ތިބި ރަޝިއާގެ ސިފައިން “ބައެއް މޯބައިލް ނެޓްވޯކްތަކާއި އިންޓަނެޓް ނިއްވާލާފައި ވަނީ މުއާސަލާތީ އާދައިގެ ޗެނަލްތަކުން އެ ސައިޓުން އިތުބާރު ހުރި މައުލޫމާތު ނުހޯދޭނެ ގޮތަށް” ކަމަށެވެ.

ގްރޮސީ ވިދާޅުވީ” ރެގިއުލޭޓަރާއި ޒަޕޯރިޒްހްޔާ އެންޕީޕީއާ ދެމެދު މުހިންމު މުއާމަލާތްތަކާ ގުޅޭ ހާލަތު ގޯސްވުމަކީ ވެސް ނުހަނު ކަންބޮޑުވާ ކަމެއް، ހާއްސަކޮށް ހަތިޔާރު އެޅި ހަނގުރާމަވެރި ހަތިޔާރު އުފައްދާ މަރުކަޒުތަކުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ނުރައްކާ ވެދާނެ. ރެގިއުލޭޓަރާއި އޮޕަރޭޓަރާ ދެމެދު އިތުބާރުހުރި މުވާސަލާތީ މުއާމަލާތްތަކަކީ މުޅި ނިއުކްލިއަރ ސަލާމަތާއި ރައްކާތެރިކަމުގެ ވަރަށް މުހިންމު ބައެއް.”

ރަޝިއާ – ޔުކްރެއިން ހަނގުރާމައިގައި ނިއުކްލިއަރ ބޭނުން ކޮށްފާނެ ކަމާމެދު މިހާރުވަނީ އޮފިޝަލުންގެ މެދުގައި ކަންބޮޑުވުން އުފެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close