ރިޕޯޓް

ރަޝިއާއިން ޔޫކްރެއިންނަށް އެރި އެރުމާމެދު ގަލުފުގެ ވިސްނުމަކީ ކޮބާ؟

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ސަބަބުން ކްލަސްޓަރ ބޮމާއި، މިސައިލް ޙަމަލާތަކާއި، އެނޫންވެސް ލާއިންސާނީ އެތައް ބާވަތެއްގެ ޖަރީމާތައް ހިންގުމުގެ ސަބަބުން ޔޫކްރެއިންގެ އެތައް ހާސް އާންމުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

އަނެއްކޮޅުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އެވްރެޖް ރައްޔިތުން، އެ ޤައުމަށް ކުރިމަތިވާ ހަރުކަށި ޙަޤީޤަތްތަކާ ކުރިމަތިލާން ޖެހޭނެއެވެ.

މި ފިތުނަ އިންތިހާއަށް ހޫނުވެގެން ދާއިރު، ހަނގުރާމަ ނިމުމަކަށް އަންނާނީ ކިހިނެއް ކަމެއް އަދި ކޮން އިރަކުން ކަމެއް ވެސް އެކަކަށް ވެސް ނޭނގޭނެ އެވެ. ކޮންމެގޮތެއް ވިޔަސް މެދުއިރުމައްޗަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.

މި ހަނގުރާމައިގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ހަ ގައުމުގެ ބޮޑު މިސްޓޭކްތަކެއް ވާކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.  

ތާރީޚީ ގޮތުން ހުޅަނގުގެ ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ، އެހެންނަމަވެސް ރަޝިޔާއާ ވެސް ގިނަ ގުނަ ގުޅުންތަކެއް އޮންނަ ޤައުމުތަކެއްގެ ހައިސިއްޔަތުން، ސަރަޙައްދީ ލީޑަރުން ގެންދަވަނީ މި ހަމަނުޖެހުން ތަކަށް ސަމާލުވެ ވަޑައިގެން ނެވިގޭޓް ކުރައްވަމުންނެވެ.

ރަޝިޔާއިން ހިންގި މި ޖަރީމާ ކުށްވެރިކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ޖީސީސީގެ ހުރިހާ މެމްބަރުން މިމަހު ކުރީކޮޅު ވޯޓު ދެއްވި ނަމަވެސް، ގަލްފުގެ ބޮޑެތި ޤައުމުތައް ކޮންމެވެސް މިންވަރަކަށް މިކަމުގައި ބައިބައިވެފައި ވެއެވެ.

ސްޕެކްޓްރަމްގެ އެއް ފަރާތުގައި އޮތީ ކުވައިތެވެ. މި ހަނގުރާމައިގައި ކުވައިތުގެ މަގާމުތައް އެންމެ ގާތުން ގުޅިފައިވަނީ މޮސްކޯއާ ދެކޮޅަށް ތެދުވާ ހުޅަނގުގެ ބާރުތަކާއެވެ. މިދިޔަ މަހު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރެއްގައި ޔޫކްރެއިންއަށް ހަމަލާދިން ކަމަށް ބުނެ ރަޝިޔާއަށް ފިޔަވަޅުތައް އަޅާފައި ވާއިރު، ކުވައިތަކީ 80 ޤައުމުގެ ލިސްޓުގައި ހިމެނޭ ހަމައެކަނި އަރަބި ދައުލަތެވެ.

ހަމަ އެދުވަހު ރަޝިޔާއިން ގިނަ ގުނަ ހަމަލާތަކެއް ދޭން ފެށި ދުވަހުވެސް ކުވައިތުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔޫކްރެއިންގެ ސަރަހައްދީ ކަރާމާތާއި އިސްތިއުމާރީ ހައްގުތައް ދިފާއުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ އަޑުއުފުލާފައެވެ.

ނިއު ލައިންސް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖީ އެންޑް ޕޮލިސީގެ ސީނިއާ އެނަލިސްޓް އަދި ޕަވަރ ވެކިއުމްސް ޕްރޮގްރާމްގެ އިސްވެރިޔާ ކެރޮލައިން ރޯޒް އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ “ކުވައިތަށް، އިރާގުން އެރިއެރުން ވެގެންދިޔައީ އެ ސަރަހައްދުގެ ސަރަހައްދީ ސިޔާދަތަށް އިހްތިރާމް ކުރުމުގެ މިންގަނޑެއް ކަނޑައަޅަން މަޖުބޫރުވި ސަބަބެއްކަމުގައެވެ.  

ރަޝިއާ އާއި ދެކޮޅަށް އަރަބި ޤައުމުތަކުން ތެދުވުމާއި މެދު ދުނިޔޭގެ އަރަބި ލީޑަރުންގެ މެދުގައި ޚިޔާލުތަފާތުވެފައިވާކަން މިހާތަނަށް ވަނީ ވަރަށްބޮޑަށް އެނިގެންގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close